އިންޑިއާގެ ރައްޔިތަކު ދަތް އުނގުޅަމުންދަނިކޮށް، ދަތް އުނގުޅަން ބޭނުންކުރި ބުރުސް ދިރުވާލެވި، އެ ބުރުސް ނެގުމަށް އޮޕަރޭޝަނެއް ކުރަން ޖެހިއްޖެއެވެ.
އަރޫނާޗަލް ޕްރަދޭޝްގެ ދިބަންގް ވެލީގައި މި ހާދިސާ ހިނގީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. މިކަން މެދުވެރިވީ އުމުރުން 35 އަހަރުގެ ފިރިހެނަކަށެވެ.
ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ދަތް އުނގުޅަމުންގޮސް ހިރުގަނޑުގެ އެންމެ އެތެރެވެސް އުނގުޅަން އުޅުމުގެ ތެރޭގައި އޭނާގެ އަތުން ބުރުސް ދޫވެ ކަރުތެރެއަށް ވަދެގެން ދިޔައީއެވެ.
ބުރުސް ނަގަން ކުރި އޮޕަރޭޝަނަށް 35 މިނެޓު ހޭދަވި އިރު މިހާރު އެމީހާގެ ހާލު ރަނގަޅު ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް