އެއްވެސް މުއައްސަސާއެއްގެ މުހިންމު ލިޔެކިޔުމެއް ނައްތައެއްނުލާނެ: ތަރުޖަމާނު

ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ބައެއް ލިޔެކިޔުންތައް އެކިގޮތްގޮތަށް ނައްތާލަމުންދާކަމުގެ އަޑު ފެތުރިފައިވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފިއެވެ. ސަރުކާރުން މިކަން ދޮގުކޮށް ރައީސް އޮފީހުގެ ތަރުޖަ...

25 Sep 2018 | 16:20

ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ބައެއް ލިޔެކިޔުންތައް އެކިގޮތްގޮތަށް ނައްތާލަމުންދާކަމުގެ އަޑު ފެތުރިފައިވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފިއެވެ.

ސަރުކާރުން މިކަން ދޮގުކޮށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިރޭ ޓްވީޓެއް ކުރެއްވިއެވެ.

އެ ޓްވީޓްގައި މުއާޒް ވިދާޅުވެފައިވަނީ ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ހުރި މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތައެއްނުލާނެ ކަމަށާއި ކުނީގެ ގޮތުގައި ބޭނުންނެތިގެންދާ ކަރުދާސް ނައްތާލުމަށް، ޕޭޕަރު ޝްރެޑަރު އަބަދުވެސް ސަރުކާރު އޮފީސްތަކުގައި ހުންނަ ކަމަށެވެ.

"ފިތުނަވެރި، ބައިބައިވުން އުފެދޭ ވާހަކަ ނުފެތުރުމަށް އިލްތިމާސްކުރަން" ތަރުޖަމާނުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ސަރުކާރު ބަލިވުމުން ބައެއް އޮފީސްތަކުގައި ބޭނުންކުރާ މުހިންމު ލިޔެކިޔުންތައް ނައްތާލަމުން އަންނަކަމުގެ އަޑު ވަނީ ފެތުރިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް