ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް މިވަގުތު އޮތީ މާފިއާ ގޭންގަކުން ހައިޖެކްކޮށްފައި ކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތު މިހެން ވިދާޅުވެފައިވަނީ ހަފްތާ ބަންދުގައި ޕީޕީއެމްގެ ކޮންގްރެސް ބާއްވަން އުޅޭކަން އަވަސް ނޫހުން ރިޕޯޓްކޮށް ލިޔެފައިވާ ހަބަރެއްގެ ޓްވީޓް ރީޓްވީޓް ކުރައްވަމުންނެވެ.
އަމީތު ވިދާޅުވެފައިވަނީ މަރުފަލި މި ޖަހަނީ ޣައިރު ގާނޫނީ ކޮންގްރެސްއެއް ބާއްވައިގެން ޕީޕީއެމް ހައިޖެކް ކުރެވިދާނެކަމަށް ހީކޮށް ކަމަށެވެ.
"ޕީޕީއެމް މިވަގުތު އޮތީ މާފިއާ ގޭންގަކުން ހައިޖެކް ކޮށްފަ، ވަރަށް އަވަހަށް މިނިވަންވާނެ، އިންޝާ ﷲ" އަމީތުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ވެރިކަންކުރާ ޕާޓީ، ޕީޕީއެމްއަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވެފައިވާއިރު އެޕާޓީން މިހާރު ތައްޔާރުވަމުން އަންނަނީ އެ ޕާޓީގެ ކޮންގްރެސް އަންނަ ހަފްތާ ބަންދުގައި ބޭއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް