ބިރެއްނެތި އަޅުގަނޑު މާދަމާ ޖަޒީރާ ރާއްޖެއަށް ލޭންޑުކުރާނަން: ޖާބިރު

އަމިއްލައަށް އިނގިރޭސިވިލާތަށް އަރުވާލެވިގެން އެގައުމުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ރާއްޖެ އައުމަށް ނިންމައިފިއެވެ. ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު...

25 Sep 2018 | 14:04

އަމިއްލައަށް އިނގިރޭސިވިލާތަށް އަރުވާލެވިގެން އެގައުމުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ރާއްޖެ އައުމަށް ނިންމައިފިއެވެ.

ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުވެސް އަދާކުރައްވަމުންގެންދަވާ ޖާބިރު މިކަން ހާމަކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޔޫކޭގެ ހިމާޔަތުގައި އަހަރަކަށްވުރެ ގިނަ ދުވަހު ހުރުމަށްފަހު، ތިމާގެ، ރަހްމަތްތެރިންނާއި ބައްދަލުކޮށް ބިރެއްނެތި އަރާމުގެ ދިރިއުޅެ ވިޔަފާރި ކޮޅަށް ޖެހުމަށް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

"ޔޫއެލް 103 ކޮލޮމްބޯއިން ޖަޒީރާ ރާއްޖެއަށް އަޅުގަނޑު ލޭންޑް ކުރާނީ މާދަމާ 19:50 ގައި" ޖާބިރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސާލިހަށް ޖާބިރުގެ ޓްވީޓްގައި މަރުހަބާ ދަންނަވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް