ޝައިޚް އިލްޔާސްގެ ޕާސްޕޯޓް ދޫކޮށްލައިފި

ދީނީ އިލްމުވެރިޔާ، ޝައިޚް އިލްޔާސް ހުސެއިންގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެނު އަމުރެއްގެ ދަށުންނެވެ. ޕާސްޕ...

25 Sep 2018 | 11:54

ދީނީ އިލްމުވެރިޔާ، ޝައިޚް އިލްޔާސް ހުސެއިންގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެނު އަމުރެއްގެ ދަށުންނެވެ.

ޕާސްޕޯޓް މިހާރު ދޫކޮށްލާފައިވާއިރު އޭނާގެ ޕޯސްޕޯޓް ހިފަހައްޓާފައިވަނީ އައްޑުއަތޮޅުގެ ގަމުން ފުރައިގެން ލަންކާ މަގުން މެލޭޝިޔާއަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުންނެވެ.

ޝައިޚް އިލްޔާސްގެ ޕާސްޕޯޓް މިހާރު ދޫކޮށްލާފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިލްޔާސް ތާއީދު ކުރެއްވީ، އިންތިހާބު ކާމިޔާބު  ކުރެއްވި އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް