ހެޔޮ ވެރިކަމެއް އިބޫ ކުރައްވާނެ ކަމަށް އުންމީދު ކުރަން: އެމްޑީއޭ

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމަކީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ނުގެންގުޅޭ، ހެޔޮ ވެރިކަމަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް އެމްޑީއޭއިން ބުނެފ...

25 Sep 2018 | 07:49

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމަކީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ނުގެންގުޅޭ، ހެޔޮ ވެރިކަމަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް އެމްޑީއޭއިން ބުނެފި އެވެ.

އެމްޑީއޭއިން ނެރެފައިވާ ބަޔާނެއްގައި ވަނީ އިބޫ އަށާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މަރުހަބާ ކިޔާފަ އެވެ. އޭގައި ބުނެފައިވަނީ އިބޫގެ ވެރިކަމުގައި އިންސާފާއި އަދުލުވެރިކަމާއި ހަމަހަމަކަން ގާއިމުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެމްޑީއޭ އިން ވަނީ ވޯޓުގެ ނަތީޖާ ގަބޫލުކުރައްވައި، ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާތައް ވީހާވެސް އަމާންކަމާއި އޮމާންކަމާއެކީގައި ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ނިންމަވާފައިވާތީ އެކަމަށް ވެސް މަރުހަބާ ކިޔައިފަ އެވެ.

"އެމްޑީއޭ އިން އަބަދުވެސް އެދެނީ ދިވެހި ރައްޔިތުންނަށް ފާގަތި، ކާމިޔާބު މުސްތަގުބަލަކަށެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަމެއްގައި ވެސް ރައްޔިތުންގެ ރޫހާ އެއްގޮތަށް އަޑު އުފުލުމުގައި އެމްޑީއޭ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ވާދަކޮށް އިބޫ އިންތިހާޞު ކާމިޔާޞު ކުރެއްވީ ބޮޑޫ ތަފާތަކުންނެވެ. އެމްޑީއޭއަކީ 2013 ވަނަ އަހަރުގެ އިންތިހާބުގައި ޕީޕީއެމް އާއި އެކު ކޯލިޝަން ހަދާފައި އޮތް ޕާޓީ އެކެވެ. އެކަމަކު މިފަހަރުގެ އިންތިހާބުގައި ރަސްމީކޮށް ރައީސް ޔާމީންގެ ކެމްޕެއިންގައި ބައިވެރިވެފައެއް ނުވެ އެވެ. އެކަމަކު އެ ޕާޓީގެ މަޖިލީސް މެންބަރުން ރައީސްގެ ކެމްޕެއިންގައި ބައިވެރިވެފަ ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް