މާލޭގައި ކޯވިޑް-19 ފެތުރުނު މިންވަރު ދައްކުވައިދޭ ވިޒުއަލް – މިއީ ބިރުވެރި މަންޒަރެއް

ކޯވިޑް-19ގެ ފުރަތަމަ ކޭސް މާލެއިން ފެނުނީ 15 އޭޕްރީލް 2020 ގައެވެ. މިއަދަށް 132 ދުވަސް ވީއިރު ރާއްޖެއިން ޕޮޒިޓިވްވި ޖުމްލް އަދަދު މިވަނީ ހަތް ހާސް ފަހަނައަޅާފައެވެ. އަދި، މުޖައްރިބު އެއްވެސް ފަރުވާއެއ...

25 Aug 2020 | 18:08

ކޯވިޑް-19ގެ ފުރަތަމަ ކޭސް މާލެއިން ފެނުނީ 15 އޭޕްރީލް 2020 ގައެވެ. މިއަދަށް 132 ދުވަސް ވީއިރު ރާއްޖެއިން ޕޮޒިޓިވްވި ޖުމްލް އަދަދު މިވަނީ ހަތް ހާސް ފަހަނައަޅާފައެވެ.

އަދި، މުޖައްރިބު އެއްވެސް ފަރުވާއެއް ހޯދިފައިނުވާ، އަދި ބައެއް ގައުމުތަކުން ވެކްސިންތައް ޓެސްޓް މަރުހަލާގައި ބޭނުން ކުރަމުންދިޔަ ނަމަވެސް ރާއްޖެއަށް އެއިން ވެކްސިނެއް އަންނާނެ ދުވަހެއްވެސް ނޭނގެއެވެ.

މި ނުރައްކާތެރި ވައިރަސް ރާއްޖޭގައި އެންމެ ބޮޑަށް ފެތުރެމުން މި އަންނަނީ މާލެ ސަރަހައްދުގައެވެ. މާލެއާއި ހުޅުމާލޭގެ އިތުރުން ވިލި މާލޭގައެވެ. ނުރައްކާ ބޮޑުވެ މިހާރު މިވަނީ މުޅި ރާއްޖެއަށް ކޯވިޑްގެ ނުރައްކާ ކުރިމަތިވެފައެވެ. އެންމެ ހަތަރު އަތޮޅު ފިޔަވާ ހުރިހާ އަތޮޅަކުން މިވަނީ ކޯވިޑް ފެނިފައެވެ.

މިއީ ވަރަށް އަވަހަށް، އެހާމެ ބާރު ސްޕީޑުގައި ފެތުރޭ ވައިރަހެއްކަމުގެ ވާހަކަ ތަކުރާރުކޮށް ހެލްތު އެކްސްޕާޓުން އެ ގެންދަނީ ވިދާޅުވަމުންނެވެ. އެކަކުން ތިނަކަކަށް ކަމެވެ. ތިނަކުން ނުވަޔަކަށް ކަމެވެ. ގުނަވެ ގުނަ އިތުރުވަމުން ގޮސް ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކު މިދަނީ 100 އިން މަތިން ޕޮޒިޓިވް ވަމުންނެވެ.

ފެތުރުނު ބާރު ސްޕީޑާއި މިންވަރު ވިޒުއަލްކޮށް ދައްކައިދެނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ހިއްސާކުރި ތިން ވިޒުއަލް ވީޑިއޯއިންނެވެ. މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ފެތުރުން ސްޕީޑާއި ފެތުރު މިންވަރެވެ.

ހާއްސަ ގޮތެއްގައި މިހާރު މި މާލޭގައި ކޯވިޑް އޮތް މިންވަރު މާލޭގެ ވިޒުއަލްއިން ފެނިގެންދެއެވެ. މިއީ ބިރުވެރި މަންޒަރެކެވެ. މިއީ ފަރުދީ ޒިންމާ އަދާކުރާންވީ ވަގުތެވެ. މިއީ ކޮންމެހެން ބޭރަށް ދާންޖެހިގެން ނޫނީ ބޭރަށް ނުދާންވީ ވަގުތެވެ.

ސިއްހީ ހިދުމަތްތެރިން ދައްކާ ވާހަކަތައް އަޑުއަހާ، ގިނަ ގިނައިން އަތް ދޮންނަންވީ ވަގުތެވެ. ހޭންޑް ސެނިޓައިޒަރ ބޭނުން ކުރަންވީ ވަގުތެވެ. ބޭރުގައި އުޅޭނަމަ އަބަދުވެސް މާސްކު އަޅަންވީ ވަގުތެވެ. އިޖުތިމާއީ ގައިދުރުކަން ގާއިމްކުރަންވީ ވަގުތެވެ.

https://twitter.com/HPA_MV/status/1298311371298230272

https://twitter.com/HPA_MV/status/1298311583135707136

https://twitter.com/HPA_MV/status/1298311690535092224

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް