ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 7،000 އަށް އަރައިފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު އެކަނި ބައްޔަށް 135 މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ނުވަ މީހުން ޕޮސިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ. މާލެއިން ޕޮސިޓިވްވެފައިވަނީ 126 މީހުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ 109 ދިވެހިންނާއި 15 ބަންގްލަދޭޝް މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑިއާގެ އަށް މީހުންނާއި މިސްރުގެ ދެމީހުންގެ އިތުރުން ނޭޕާލް މީހެކެވެ.
މިހާތަނަށް4،439 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިހާރު ފަރުވާ ދެމުންދަނީ 2،580 މީހުންނަށެވެ. އޭގެ ތެރެއިން 173 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެވެ.
މިހާތަނަށް ރާއްޖެއިން 7،047 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 28 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް