ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ދެކުނުގެ ދެ ސިޓީއަށް ރީނދޫ ސަމާލު ނެރެފިއެވެ.
އެގޮތުން، މޫސުމާއިބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ މިރޭ 07:30 އާއި މިރޭ 11:30 އާއި ދެމެދުގެ ވަގުތުގައި އައްޑޫ ސިޓީން ފުވައްމުލައް ސިޓީ އާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
ދެކުނުގެ ދެ ސިޓީއަށް ރީނދޫ ސަމާލު ނެރެފައިވާއިރު މެޓް އޮފީހުން މިރެއަށް މޫސުން ނިމުތު ކޮށްފައިވާގޮތުގައި ދެކުނުގެ އެކި ހިސާބަށް މިރޭ ވިއްސާރަ ކުރާނެއެވެ. މީގެ ތެރެއިން ބައެއް ރަށް ރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްރަށަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް