މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެބޯޑަށް އައްޔަން ކުރަން ފެންނަ ހަތަރު ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މީރާގެ ބޯޑަށް އައްޔަން ކުރަން ފެންނަ ނަންތަކުގެ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ފަސް ބޭފުޅެއްގެ ނަންނަ ފޮނުވި އެވެ. ވޯޓަށް އަހާފައިވަނީ އެ ކޮމިޓީން ޕޮއިންޓްދީ ލިސްޓު އެކުލަވާލާފައިވާ ތަރުތީބުންނެވެ.
މިއަދުގެ ޖަލްސާގައި ލިސްޓުގެ ތަރުތީބުން ހދ. ހަނިމާދޫ މުރިނގު، މުމްތާޒް އަބްދުއްރަޝީދާއި ހ. ނީލްވިލާ، ލީނާ މުހައްމަދު ޒާހިރު ހުސައިންގެ އިތުރުން ގ. މާލެހިޔާ 15-03-2، ހުޝާމް ވަހީދަށް ރުހުން ދިނުމަށް ފާސް ކުރި އެވެ.
އެކަމަކު ހަތަރު ވަނައަށް ލިސްޓުގައި އޮތް ސ. މަރަދޫފޭދޫ ޑޭލައިޓްވިލާ، އަލީ އިރުފާނަށް ވޯޓަށް އެހުމުން 53 މެމްބަރުން ދެކޮޅަށް ވޯޓު ދެއްވުމުން އެ ނަން ފާސްވެފައެއް ނުވެ އެވެ. އެހެންވެ ފަސް ވަނައަށް ލިސްޓުގައި އޮތް ހ. އީސްޓްވާޑް އައިޝަތު އަޝާ އަލީ ވޯޓަށް އެހި އެވެ. އަދި އޭނާއަށް މަޖިލީހުން ރުހުން ދީފައިވެ އެވެ.
މިއަދުގެ ޖަލްސާގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަން ފޮނުވި ދެ ނަން ވެސް ޖުޑިޝަރީ ކޮމެޓީން ތަޅުމަށް ފޮނުވާފައިވާތީ ވޯޓަށް އެހި އެވެ. އޭގެ ތެރެއިން މަޖިލީހުން ރުހުން ދީފައިވަނީ އއ. މަތިވެރި ވެސްޓްބީޗް، މުހައްމަދު މުނައްވަރު އަލީ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް