ހާރިޖީ ޓީމުން ތިބީ "ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް" ގައިކަން ސާބިތު ކޮށްދީފި: ޝާހިދު

ފޮރިން މިނިސްޓްރީގެ މުވައްޒަފުން ތިބީ ކޮޕަރްޝަނަށް ޒީރޯ ޓޮލެރެންސްގައި ކަން ސާބިތު ކޮށްދީފި ކަމަށް މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ފޮރިން މިނިސްޓްރީން ކޯވިޑް-19...

25 Aug 2020 | 09:29

ފޮރިން މިނިސްޓްރީގެ މުވައްޒަފުން ތިބީ ކޮޕަރްޝަނަށް ޒީރޯ ޓޮލެރެންސްގައި ކަން ސާބިތު ކޮށްދީފި ކަމަށް މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފޮރިން މިނިސްޓްރީން ކޯވިޑް-19 އާއި ގުޅިގެން ހަރަދު ކުރި ގޮތާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައި އެ މިނިސްޓްރީން އަމަލު ކޮށްފައިވަނީ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ކަމަށް ބުނެފައިވާތީ އެވެ.

މިނިސްޓަރު ޝާހިދު މުވައްޒަފުންނަށް ތައުރީފްކުރައްވައި ފޮނުއްވި މެސެޖުގައި ވިދާޅުވީ އެ ރިޕޯޓުން ހާމަވީ ކޯވިޑުގެ ނުރައްކަލުން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގައި ސަރުކާރުން ކުރަމުންދިޔަ މަސައްކަތުގައި ބައިވެރިވެ ރެ އާއި ދުވާލު ކުރި ބުރަ މަސައްކަތުގައި ވެސް ޚާރިޖިއްޔާގެ ޓީމުން ދެއްކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހާތްތެރިކަން ކަމަށެވެ. އޮޑިޓް ރިޕޯޓުގައި، ފޮރިން މިނިސްޓްރީގެ ޚަރަދުތައް ކުރީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ ފިނޭންސްގެ އުސޫލްތައް އަދި ފޮރިން މިނިސްޓްރީގެ އުސޫލްތަކާ އެއްގޮތަށް ކަމަށް އޮތުމަކީ މުވައްޒަފުން ހޯދި ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޯވިޑް-19 އާއި ގުޅިގެން ހަރަދު ކުރަން އެ މިނިސްޓްރީއަށް ލިބުނީ 10.1 މިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން ތިން މިލިއަން ރުފިޔާ އަކީ ޒަކާތު ފަންޑުން ދޫކުރި ފައިސާ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޭގެތެރެއިން ޖޫން މަހުގެ ނިޔަލަށް ހަރަދު ކޮށްފައި ވަނީ 7.3 މިލިއަން ރުފިޔާ އެވެ. ބާކީގެ ގޮތުގައި 2.8 މިލިޔަން ރުފިޔާ ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް