ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އިން 10 ހޮސްޕިޓަލަކަށް ފޭސް ޝީލްޑް ހަދިޔާކޮށްފިއެވެ.
މިގޮތުން މި ހޮސްޕިޓަލްތަކަށް ވަނީ 500 ފޭސް ޝީލްޑް ހަދިޔާކޮށްފައެވެ.
ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހަދިޔާ ކޮށްފައިވާ ހޮސްޕިޓަލްތަކަކީ:
1. އައިޖީއެމްއެޗް
2. ހއ. އަތޮޅު ހޮސްޕިޓަލް (ހއ. ދިއްދޫ)
3. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
4. ނ. އަތޮޅު ހޮސްޕިޓަލް (ނ. މަނަދޫ)
5. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
6. ވ. އަތޮޅު ހޮސްޕިޓަލް (ވ.ފެލިދޫ)
7. ފ. އަތޮޅު ހޮސްޕިޓަލް (ފ. ނިލަންދޫ)
8. ތ. އަތޮޅު ހޮސްޕިޓަލް (ތ. ވޭމަންޑޫ)
9. ގަން ރީޖަނަލް ހޮސްޕިޓަލް
10. ގއ. އަތޮޅު ހޮސްޕިޓަލް (ގއ. ވިލިނގިލި)
" އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ އެންމެހާ ބޭފުޅުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މިވަގުތަށް އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އަޅުގަނޑުމެންދެކެން. ސިއްހީ ދާއިރާގެ ބޭފުޅުންނަށް ސަލާމަތްތެރިކަން ހޯދުމަށް މިވަގުތު އެ ބޭފުޅުންނަށް ބޭނުންވާ އާލާތްތަކެއް ހަދިޔާކުރެވިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއްވެސްމެ އަދި މިފަދަ ދަނޑިވަޅެއްގައި ހާއްސަކޮށް އަތޮޅު ތެރޭގެ ބޮޑެތި ހުރިހާ ހޮސްޕިޓަލަކަށް މިފަދަ އާލާތްތަކެއް ފޯރުކޮށްދިނުމަކީވެސް ވަރަށް މުހިންމު އެހާމެ ބޭނުންތެރިކަމެއްވެސްމެ. މި ފުރުސަތުގައި އެބޭފުޅުން ކުރައްވަމުން އެގެންދަވާ ބުރަ މަސައްކަތަށް ޝުކުރުދަންނަވަން" ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލް އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ މަގުފަހިކޮށް، އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތް ދިނުމާއި، ޝޯޓް ޓަރމް ފައިނޭންސިންގ އެއް ތައާރަފް ކުރުމާއި، ޕަރސަނަލް، ހައުސިންގ އަދި ބިޒްނަސް ލޯނުތައް ފަސްކޮށްދިނުމާއި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމާއި، ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ދޫކުރުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް