މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅަކު ސީއެސްސީއަށް އައްޔަން ކުރާތީ އެކަން ބަލަނީ

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ޝޮޓްލިސްޓު ކުރި ނަންތަކުގެ ތެރޭގައި މަޖިލީހުގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބ...

25 Aug 2020 | 07:33

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ޝޮޓްލިސްޓު ކުރި ނަންތަކުގެ ތެރޭގައި މަޖިލީހުގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅަކު ހިމެނޭތީ އެކަން ބެލުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

ސީއެސްސީގައި ހުސްވެފައިވާ ހަތަރު މަގާމަށް 41 ބޭފުޅަކު ކުރިމަތިލި އެވެ. އޭގެ ތެރެއިން މިނިވަން މުއަސްސާތަކުން ޝޯޓްލިސްޓު ކުރީ 13 ބޭފުޅެއްގެ ނަމެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޝޯޓްލިސްޓު ކުރި ނަންތަކުގެ ތެރޭގައި އެ ކޮމިޓީގައި ހިމެނިވަޑައިގެންނަވާ މަޖިލީހުގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއްގެ ނަން އެބައޮތް ކަމަށެވެ. ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނަށް ގަބޫލު ކުރަން ވަރަށް ދަތި ކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެކަން ހިނގާދިޔަ ގޮތް އަދި އެއްފަހަރު ބެލުމަށް އިމްތިޔާޒު ކޮމިޓީގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު އެ ވިދާޅުވި މެމްބަރަކީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޢަބްދުﷲ ސަނީފް އެވެ. ސީއެސްސީއަށް އައްޔަން ކުރަން ޝޯޓްލިސްޓު ކުރި ބޭފުޅުންގެ ތެރޭގައި ސަނީފްގެ ކުރީގެ އަނބިކަނބަލުން ހިމެނިވަޑައިގެންނަވަ އެވެ.

އެކަމަކު އެ ނަމާ މެދު ގޮތެއް ނިންމަން ކޮމިޓީގައި ނެގި ވޯޓުގައި އަދި އެ އިންޓަވިއުގައި ސަނީފް ބައިވެރިވެވަޑައެެއް ނުގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް