ގދ. ތިނަދޫ އާއި 16 ނޯޓިކަލް ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ރޯޅި" ނަމަކަށް ކިޔާ ދޯނީގެ ބުރަފަތީގައި ޖެހި މަސްވެރިއަކަށް އަނިޔާ ވެއްޖެ އެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓުގާޑަށް ކޮށްފައިވަނީ މިއަދު ހެނދުނު 6:25 ހާއިރު އެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކަަށެވެ.
އެމީހާ މޫދަށް ފޭބީ ދޯނީގެ ބުރަފަތީގައި އޮޅުނު ވަލެއް ނައްޓަން ކަމަށް ދޯނީގައި ތިބި މީހުންނާއި ހަވާލާދީ ކޯސްޓު ގާޑުން ބުނެ އެވެ. އެމީހާއަށް އަނިޔާވީ ބުރަފަތިން ވާ ނައްޓަން މަސައްކަތް ކުރަމުން ދަނިކޮށް ކެޔޮޅަށް އޮޅިގެން ގިއަރަށް ލެވުމުން ބުރަފަތި އެނބުރެން ފެށުމުންނެވެ.
މި ހާދިސާގައި އޭނާގެ ފައިގެ ފަލަމަސްގަނޑު ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ.
ހާދިސާ ހިނގި އިރު އެ ދޯނީގައި މަސްވެރިކަމުގައި 25 މީހުން ތިއްބެވެ.
މިހާދިސާ ހިނގުމާއި އެކު އެމްއެންޑީއެފުން ވަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް