މާވަށު ބަނދަރު މަޝްރޫއުގެ 46 ޕަސެންޓު މަސައްކަތް ނިންމައިފި

ލ، މަާވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ46 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ. މި މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މައުލޫމާތުދޭގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމ...

25 Aug 2020 | 04:21

ލ، މަާވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ46 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މި މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން މައުލޫމާތުދޭގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގައި ގާ އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުންދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތް ކަމަށް ބުނެ އެވެ.

އަދި ބޭރުތޮށި ލުމަށް ބޭނުންވާ ފުރަތަމަ ބޮޑުގަލުގެ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެ މަޝްރޫއުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. 40 މީޓަރުގެ ސަރަހައްދެއްގެ ރިވެޓްމަންޓް ޖަހައި، 550 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދަން ނިންމާފައިވެ އެވެ.

މީގެ އިތުރުން ބަނދަރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ މަސައްކަތް އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

އެ މަޝްރޫއަށް 27.3 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް