ކޯވިޑް-19 ގެ މި ހާލަތުގައި، ހާއްސަ އުސޫލެއްގެ ތެރެއިން އިންޑިއާއަށް ބޭސް ފަރުވާއަށް މިހާތަނަށް ފޮނުވާފައިވާ މީހުންގެ ތެރެއިން ތިން މީހަކު ނިޔާވެއްޖެއެވެ.
މިކަން އާސަންދައިން ދުވަހަށް ކަށަވަރުކޮށްދެއެވެ. ނަމަވެސް އެއީ ކޮން އިރަކު ދިޔަ ބައެއްކަން އަދި ސާފުވާގޮތެއް ނުވެއެވެ.
ދުވަހަށް މައުލޫމާތު ހިއްސާކުރަމުން އާސަންދައިން ބުނީ އެ ތިން މީހުންނަކީ، މިކޮޅުން ދިޔައިރުވެސް އުންމީދު ކަނޑާލާފައިވާ ތިން މީހުން ކަމަށެވެ.
ތިން މީހަކު ނިޔާވެފައިވާއިރު، މި މަހުގެ 14 ވަނަ ދުވަހު އިންޑިއާއަށް ދިޔަ ބެޗުން، ބަލި މީހަކާއި ދެ އެހީތެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. ދެ އެހީތެރިއަކު ޕޮޒިޓިވް ވުމުން، ބަލި މީހުންނާ އެހީތެރިން ވަކިކޮށް، ބަލި މީހުން ދޫކޮށް އެހީތެރިން ވަކިން ކަރަންޓީން ވާން އަމްރިތާ ހޮސްޕިޓަލުގެ އެދުމަށް އާސަންދައިން އެންގިއެވެ. އެކަމާއި ގުޅިގެން އެ އެހީތެރިން ރޭގައި ނިންމީ ބަލި މީހުން ގޮވައިގެން އެކަމޮޑޭޝަނަށް ބަދަލުމަށެވެ. އެކަމާއި ގުޅިގެން އެ ބެޗުގެ ބަލި މީހުންނަށް ފަރުވާ ދިނުން ހުއްޓުމަކަށް ދިޔަ ކަމަށްވެސް ދުވަހަށް އެނގިފައިވެއެވެ.
ނަމަވެސް ދުވަހަށް މައުލޫމާތުދެމުން އާސަންދައިން ބުނެފައިވަނީ އެއްވެސް މީހެއްގެ ބޭސް ފަރުވާ ހުއްޓިފައިނުވާނެ ކަމަށާއި ދިމާވި މައްސަލަ މިހާރު ހައްލުކޮށް، އެންމެންގެ ބޭސް ފަރުވާވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް