ވައިގަދަވެ މާލޭ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

މާލެއަށް މިއަދު ކުރި ވިއްސާރައިގަ ވައިގަދަވެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާތަކުގެ ރިޕޯޓުކޮށްފައިވަނީ ހަވީރު 5:24 ގައި އާއި 5:45 ހާއިރު ކަމަށެވެ. ފުރާޅު އެއްލާލާފ...

25 Jul 2020 | 14:34

މާލެއަށް މިއަދު ކުރި ވިއްސާރައިގަ ވައިގަދަވެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާތަކުގެ ރިޕޯޓުކޮށްފައިވަނީ ހަވީރު 5:24 ގައި އާއި 5:45 ހާއިރު ކަމަށެވެ. ފުރާޅު އެއްލާލާފައިވަނީ ހެންވޭރާއި މާފަންނުގައި ހުރި ދެ ގެއެއްގެ އެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަރާތުން ވަނީ މި ދެގޭގެ ފުރާޅު އަލުން އެޅުމުގައި އެހީތެރިކަން ފޯރުކޮށްދީފައި އެވެ.

މޫސުން ގޯސްވެ ކ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ވައިގަދަވެ އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އޮތީ ވައިޓް އެލާޓު ނެރެފައި އެވެ. އެ އިދާރާއިން ލަފާ ކުރާގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ އެވެ.

އަދި ބައެއް ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާ ކުރެ އެވެ.

މޫސުން ގޯސްވެ މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް