މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ރައީސް ގައުމާ މުހާތަބު ކުރައްވާނެ

މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާއި މުހާތަބު ކުރައްވާނެ އެވެ. ރައީސް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ...

25 Jul 2020 | 13:43

މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާއި މުހާތަބު ކުރައްވާނެ އެވެ.

ރައީސް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ގައި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތު އެކަންޏެވެ. މާލޭ ޖުމްހޫރީ މައިދާނުގައި ދިދަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 6:00 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި އެހެން އަހަރުތަކުގައި ބާއްވާ ކުޅިވަރުތަކާއި ފުޅަނދުބުރުގެ އިތުރުން ރައީސްގެ ދެކަނބަލުން ބާއްވާ ރަސްމީ ބައްދަލު ކުރެއްވުން މިއަހަރު ނޯންނާނެ އެވެ. ރައީސް އޮފީހުން ބުނީ އެ ހަރަކާތްތައް ކުރިޔަށް ނުގެންދަން ނިންމީ ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކަމަށެވެ.

އަދި ގިނަ ބަޔަކު އެއްތަނަކަށް އެއްވުން އެޗްޕީއޭއިން މަނާކޮށްފައިވާތީ ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިނިވަންދުވަހުގެ ހަރަކާތްތައް ނުބާއްވާ ނިންމީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް