ގަވައިދާ ހިލާފަށް އުޅޭ އިތުރު 200 ބަންގްލަދޭޝް މީހުން ފުރުވާލައިފި

ބަންގްލަދޭޝްގެ އިތުރު ބަޔަކު މިއަދު ފުރުވާލައިފި އެވެ. ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނީ މިއަދު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދިޔަ ފްލައިޓުގައި އެ ގައުމުގެ 200 މީހުން ފުރާފައިވާ ކަމަށެވެ. މި ...

25 Jul 2020 | 09:34

ބަންގްލަދޭޝްގެ އިތުރު ބަޔަކު މިއަދު ފުރުވާލައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނީ މިއަދު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދިޔަ ފްލައިޓުގައި އެ ގައުމުގެ 200 މީހުން ފުރާފައިވާ ކަމަށެވެ. މި އެންމެންނަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނެވެ.

މިހާތަނަށް ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ފުރުވާލާފައިވާ އެންމެންނަކީ ބަންގްލަދޭޝް މީހުންނެވެ. އެމީހުން ފުރުވާލާފައިވަނީ މޯލްޑިވިއަން އާއި، ބީމާން އެއާ އާއި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓުތަކުގައި އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ 20،000 މީހުން ފުރުވާލުމެވެ.

ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ މީހުންނާއި އަދި އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުންނަށްވަނީ އެ ފުރުސަތު ހުލުވާލާފައެވެ. މި މަސައްކަތަކީ މިނިސްޓްރި އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް