ތިން މަސް ތެރޭގައި ދެ ފަހަރަކު ކޯވިޑެއް ނުޖެހޭނެ!

ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ހޯދި މީހަކަށް ތިން މަސް ތެރޭގައި އަލުން ކޯވިޑް ޖެހުމުގެ ފުރުސަތު ނޯންނާނެ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ. ޑރ. ފައިސަލް މިހެން...

25 Jul 2020 | 07:26

ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ހޯދި މީހަކަށް ތިން މަސް ތެރޭގައި އަލުން ކޯވިޑް ޖެހުމުގެ ފުރުސަތު ނޯންނާނެ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފައިސަލް މިހެން ވިދާޅުވެފައި މިވަނީ ކޯވިޑަށް ރާއްޖޭގައި ޕޮސިޓިވްވެގެން ފަރުވާ ހޯދި މީހަކު އިންޑިއާއަށް ގޮސް ހެދި ޓެސްޓެއްގައި އަނެއްކާވެސް ކޯވިޑަށް ޕޮސިޓިވް ވެފައިވަނިކޮށެވެ. އެމީހާ އަކީ ބަލި މީހަކު ގޮވައިގެން އާސަންދައިގެ ދަށުން އިންޑިއާއަށް ގޮސް ހުރި އެހީތެރިއެކެވެ.

އޭނާއަށް ފުރަތަމަ ކޯވިޑް ޖެހިފައިވަނީ މިދިޔަ މެއި މަހު ކަމަށް އާސަންދަ އޮފީހުން މީޑިއާގައި ބުނެފައިވެ އެވެ.

ޑރ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް ޖެހުނު މީހަކު ތިން މަސް ތެރޭގައި ޓެސްޓުކޮށްގެން ޕޮސިޓިވް ކަމަށް ދެއްކިޔަސް އެއީ އަލުން ބަލި ޖެހުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕޮސިޓިވް ކަމަށް އެ ދައްކަނީ ވައިރަސްގެ ބައިތައް ހަށިގަނޑުގެ ތެރޭގައި ކޮންމެސް ވަރަކަށް ހުރުމުން ކަމަށެވެ.

އިތުރަށް ވިދާޅުވީ މިހާތަނަށް ހެދި އެއްވެސް ދިރާސާއެއްގައި ދެ ވަނަ ފަހަރު ކޯވިޑް-19 ޖެހޭކަން ސާބިތުވެފައި ނުވާކަމަށެވެ.

https://twitter.com/Faisalnaifaru/status/1286694395576639488

ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 އަށް 3،175 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 2،498 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މި ބަލީގައި މަރުވެފައިވަނީ 15 މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް