ބީއެމްއެލްގެ އޭޓީއެމްއިން ކާޑު ނެގުމުން ނޫނީ ފައިސާ ނުލިބޭގޮތަށް ހަދައިފި އެވެ.
މިހާތަނަށް މެޝިނުތައް ޕްރޮގްރާމްކޮށްފައި ހުރީ، މުޅި ޓްރާންސެކްޝަން ފުރިހަމަވެ ފައިސާ އައުމުން ނޫނީ ކާޑު ނުނެގޭ ގޮތަށެވެ.
ބީއެމްއެލްއިން ބުނީ އެގޮތަށް ހަމަޖެހިފައި އޮންނާތީ ގިނަ ފަހަރު މީހުންނަށް ދެވެނީ އޭޓީއެމްގައި ކާޑު ބާއްވާފައި ކަމަށެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް އެ ބޭންކުން ނިންމީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ހިޔާލުތަކަށް ބަލައިގެން ކަމަށް ބުނެފައިވެ އެވެ.
އަލަށް ގެނައި މި ބަދަލާއި އެކު އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމަށް ހުރިހާ މުއާމަލާތެއްކޮށް ނިމުމުން ކާޑު ނަގަން ޖެހޭނެ އެވެ. ފައިސާ އޭޓީއެމްއިން ލިބޭނީ ކާޑު ނެގުމުންނެވެ.
އާންމުކޮށް ހަނދާން ނެތިގެން އޭޓީއެމްގައި ކާޑު ބާއްވާފައި ދެވުމުން ބައެއް މީހުން ކާޑުގެ މައުލޫމާތު ބޭނުން ކޮށްގެން އޮންލައިންކޮށް ވިޔަފާރި ކުރެ އެވެ. އަދި ކާޑު ގެއްލޭގޮތްވެސް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް