ދުވަސްވީ މީހެއްގެ ލޮލުގައި މަހަކުން ޖެހި ހާލު ސީރިއަސް ވެއްޖެ

މަހަށް ނުކުމެ ކަނޑުމަތީގައި އުޅެނިކޮށް ބޭނި މަހަކުން މީހެއްގެ ލޮލުގައި ޖެހި ހާލު ސީރިއަސް ވެގެން ފަރުވާ ދޭން ފަށައިފި އެވެ. މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 65 އަހަރުގެ މީހަކަށެވެ. މިހާދިސާ ދިމާ...

25 Jun 2020 | 10:50

މަހަށް ނުކުމެ ކަނޑުމަތީގައި އުޅެނިކޮށް ބޭނި މަހަކުން މީހެއްގެ ލޮލުގައި ޖެހި ހާލު ސީރިއަސް ވެގެން ފަރުވާ ދޭން ފަށައިފި އެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 65 އަހަރުގެ މީހަކަށެވެ. މިހާދިސާ ދިމާވެފައިވަނީ ށ. ފޯކައިދޫ "މިޔަރެން" ދޯނީގައި ހުރި މަސްވެރިއަކަށެވެ.

އެމްއެންޑީއެފް ކޯސްޓުގާޑަށް މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 9:14 ހާއިރު އެވެ. އޭރު ދޯނި އޮތީ ފޯކައިދޫގެ އިރު އުތުރުން ހަ ނޯޓިކަލް ބޭރުގައި މަސްވެރިކަން ކުރަން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް ކުޅުދުއްފުށީ ޕޯސްޓުން ވަނީ އެމީހާ އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް