ނިއު ނޯމަލްގެ ދަށުން މާދަމާގެ ޖަލްސާ މަޖިލީހުގެ ތަޅުމުގައި

ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދިޔަ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްފަހު، ނިއު ނޯމަލްގެ ދަށުން މާދަމާ ފުރަތަމަ ޖަލްސާ، މަޖިލީހުގެ ތަ...

25 May 2020 | 13:11

ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދިޔަ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްފަހު، ނިއު ނޯމަލްގެ ދަށުން މާދަމާ ފުރަތަމަ ޖަލްސާ، މަޖިލީހުގެ ތަޅުމުގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

މަޖިލީހުން ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށެވެ.

ނިއު ނޯމަލްގެ ދަށުން ޖަލްސާތައް ބޭއްވުމަށް ހާއްސަ އިންތިޒާމެއްވެސް މަޖިލީހުން ވަނީ އެކުލަވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެތެރޭގެ އިންތިޒާމުތައް

- މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެމްބަރުން

- އަދި އެ މެމްބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެކަށައަޅުއްވައި އަންގަވާފައިވާ ދުރުމިނުގައި، އަދި އެއްވަގުތެއްގައި އެއް މޭޒެއްގައި ދެ މެމްބަރުން ނުތިއްބަވާނެ

- ވޯޓުލުމުގައިވެސް މި ދެންނެވި ގޮތަށް އަމަލުކުރެވިގެންދާނެ، ވަކި އިންތިޒާމެއްގެ ދަށުން މެމްބަރުން ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު މާލަމުން ނިކުމެވަޑައިގަތުމުން، ބާކީ ތިއްބެވި އެހެން މެމްބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެޑައިގަންނަވާނެ

- ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މާލަމުގައި ތިއްބެވުން

- މެމްބަރުންނާއި މުވައްޒަފުން މާސްކު އަޅުއްވައިގެން ތިއްބެވުން

- އިސްވެދެންނެވުނު އިންތިޒާމްތައް ތަންފީޒުކުރައްވަމުން ގެންދަވާނީ، މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް

ނިއު ނޯމަލްގެ ދަށުން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވާނެކަން ހާމަކޮށްފައިވާއިރު ދައުރުގެ 27 ވަނަ ޖަލްސާއިން ފެށިގެން 39 ވަނަ ޖަލްސާއާއި ހަމައަށް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް