ކޯވިޑް-19: އިތުރު 24 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1395 އަށް

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 24 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިއަދު ހަވީރު 04:30 އާއި ހަމައަށް އިތުރު 24 މީހަކު ޕޮޒިޓިވް ވެފައިވާކަމ...

25 May 2020 | 12:01

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 24 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިއަދު ހަވީރު 04:30 އާއި ހަމައަށް އިތުރު 24 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ ހަތަރު ދިވެއްސަކަށާއި، ބަންގްލަދޭޝް އަށް ނިސްބަތްވާ 18 މީހެއްގެ އިތުރުން އިންޑިއާގެ ދެމީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ޖުމްލަ އަދަދު މިވަނީ 1395 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް