އެން ދަމަން ފޭބި 22 އަހަރުގެ ޒުވާނަކު މަރުވެއްޖެ

ގދ. ގައްދޫ މަސްދޯންޏަކުން އެން ދަމަން ޑައިވިނަށް ދިޔަ ޒުވާން މަސްވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައިވަނީ ގދ. ގައްދޫ ވެނަބުލީގެ، އަބްދުލް ބާއިސް އަބްދުﷲ، 22 އެވެ. ދުވަހަށް މައުލޫމާތުދެމ...

25 May 2020 | 11:35

ގދ. ގައްދޫ މަސްދޯންޏަކުން އެން ދަމަން ޑައިވިނަށް ދިޔަ ޒުވާން މަސްވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައިވަނީ ގދ. ގައްދޫ ވެނަބުލީގެ، އަބްދުލް ބާއިސް އަބްދުﷲ، 22 އެވެ.

ދުވަހަށް މައުލޫމާތުދެމުން އެ ރަށުގެ ކައުންސިލް މެމްބަރު އާމިރު އަބްދުﷲ، މި ހިތާމަވެރި ހާދިސާ ހިނގިކަން ދުވަހަށް ކަށަވަރުކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ މި ހާދިސާ ހިނގީ 02:00 ހާއިރު ކަމަށާއި ގިނަ އިރު އަޑީގައި ނޫޅޭ ކަމުގެ މައުލޫމާތުވެސް ކައުންސިލަށް ލިބިފައިވާކަމަށެވެ. އިތުރު ތަފްސީލު ހާމަކުރެވޭނީ ފުލުހުންނަށް އަދި ދޯނީގެ ކެޔޮޅަށް ކަމަށެވެ.

"ގާތްގަނޑަކަށް އަޑީގަ 13 ނޫނީ 14 ވަރަކަށް މިނެޓް ކަމަށް ވާނީ، އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ އެގޮތަށް" ކައުންސިލް މެމްބަރު އަބްދުﷲ އާމިރު ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވަނީ ގދ.ގައްދޫގައި އެންދަމަން ފައިބާ އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނަކު އަޑީގައި ހަރަކާތެއް ނެތި ހުއްޓިފައިވަނިކޮށް އެކުގައި ޑައިވް ކުރަން އުޅުނު މީހުންނަށް ފެނިގެން ގައްދުއަށް ގެންނަ ކަމުގެ މައުލޫމާތު މިއަދު 03:30 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

"އެމީހާ ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް