މިދިޔަ އަހަރު ޑިސެމްބަރުގައި ބެންކޮކްގައި ކާރެއް ފުރޮޅާލައި، ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހާލު ސީރިއަސްވި ދިވެހި މީހާ މަރުވެއްޖެއެވެ.
ސ. ހުޅުދޫ އަހްމަދު ސައީދު މަރުވެފައިވަނީ އެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް، ބެންކޮކްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، މަރުވި، ސައީދާއި އިތުރު ދެމީހަކު އެއާޕޯޓުން ހޮޓަލަށް ދިޔަ މަގުމަތީގައި އެމީހުން ތިބި ކާރުގެ ޑުރައިވަރު ތާއްޔަށްޖެހި، ކާރު ފުރޮޅާލައިގެންނެވެ. އެކްސިޑެންޓްވި އިރު ކާރުގައި ތިބި އަނެއް ދެމީހުންނަށާއި ޑުރައިވަރަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
އެކްސިޑެންޓް ހިނގި އިރު ސައީދު އިނީ ކާރުގެ ފަހަތު ޝީޓުގައެވެ. އެކްސިޑެންޓްގައި އޭނާގެ ބޮލާއި ކަރަށް ބޮޑެތި އަނިޔާތަކެއް ލިބި ކަރު ބިންދައިގެން ގޮސް ޕެރަލައިޒް ވިއެވެ.
އޮންލައިން ނޫސް "އަވަސް" އަށް ސައީދުގެ އާއިލާ މީހަކު މައުލޫމާތުދީފައިވާގޮތުގައި އެ އެކްސިޑެންޓަށްފަހު ސައީދު އޮތީ ކޯމާއެއްގައެވެ. އަދި މަރުވީވެސް ހޭނާރާ އޮއްވާ ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް