ތައިލެންޑުން ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ދިވެހިން މިރޭ ގެންނަނީ

ތައިލެންޑުގައި ލޮކްޑައުންއާއި ގުޅިގެން ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ހުރިހާ އެންމެން މިރޭ މާލެ ގެންނަން ނިންމައިފި އެވެ. ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑުގައި މިވަގުތު...

25 May 2020 | 08:51

ތައިލެންޑުގައި ލޮކްޑައުންއާއި ގުޅިގެން ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ހުރިހާ އެންމެން މިރޭ މާލެ ގެންނަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑުގައި މިވަގުތު50 އަށްވުރެ ގިނަ ދިވެހިން އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ލޮކްޑައުނާއި ގުޅިގެން ރާއްޖެ އަންނަން ބޭނުންވަނީ26 މީހުން ކަމަށެވެ.

އެ އެންމެން މިރޭ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރިން ބުނެ އެވެ. އެމީހުން ގެންނަން ނިންމާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމީހުން ރާއްޖެ އަންނަނީ އަމިއްލަ ހަރަދުގައި ޓިކެޓު ނަގައިގެން ކަމަށެވެ. އަދި ރާއްޖެ އައިސް ސަރުކާރުން ކަނޑައަޅާ ފެސިލިޓީއެއްގައި14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބުނެ އެވެ

މި ފްލައިޓު ތައިލެންޑަށް ދަނީ ރާއްޖެ އާއި ސްރީލަންކާގައި ތިބި އެގައުމުގެ ރައްޔިތުންތަކެއް ގޮވައިގެން ނެވެ. ރާއްޖޭގައި ތިބި މީހުން އެ ގައުމަށް އަނބުރާ ގެންދަނީ ތައިލެންޑު ސަރުކާރުން ދަނީ މޯލްޑިވިއަންގެ ފްލައިޓުތައް ޗާޓާ ކޮށްގެންނެވެ.

ލޮކްޑައުން އާއި ގުޅިގެން ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ތިބި ދިވެހިން އަނބުރާ ގެނައުމަށް ސަރުކާރުން ދަނީ ފްލައިޓުތައް ހަމަޖައްސަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް