ުހުއްދަ ނުހޯދައި މާލެއިން އޮމަދޫއަށް ދިޔަ އަންހެނަކު ހައްޔަރުކޮށްފި

ހުއްދަ ނުހޯދައި އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް އދ. އޮމަދޫއަށް ދިޔަ އަންހެނަކު ހައްޔަރުކޮށްފި އެވެ. އެ އަންހެން މީހާ އެ ރަށަށް ދިޔައީ މާލެއިން ނެވެ. އެމީހާ އެރަށަށް...

25 May 2020 | 06:39

ހުއްދަ ނުހޯދައި އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް އދ. އޮމަދޫއަށް ދިޔަ އަންހެނަކު ހައްޔަރުކޮށްފި އެވެ.

އެ އަންހެން މީހާ އެ ރަށަށް ދިޔައީ މާލެއިން ނެވެ. އެމީހާ އެރަށަށް ދިޔަ ކަމަށް ވަނީ ކަންނެލި ދޯންޏެއްގައި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން ހުއްދަ ހޯދުމެއްނެތި، މާލެ އިން އޮމަދުއަށް ދިޔަ އެމީހާ ހައްޔަރު ކުރީ ބުރާސްފަތި ދުވަހު ކަމަށެވެ. އެއީ އުމުރުން 24 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އަތޮޅުތެރެއަށް ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ރަށްރަށަށް ދާން ބޭނުންވާ މީހުން14 ދުވަހުގެ ކަރަންޓީން މުއްދަތެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި ފުރިހަމަ ކުރަން ޖެހެ އެވެ.

އެއް ރަށުން އަނެއް ރަށަށް މީހުން ދިއުން މަނާކޮށްފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް