ފުރަބަންދާ ހިލާފުވެގެން އިއްޔެ އެކަނި 234 މީހަކު ޖޫރިމަނާކޮށް ހަ މީހަކު ހައްޔަރުކުރި

މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ފުރަބަންދުގެ ހާލަތާ ހިލާފުވެގެން އިއްޔެ އެކަނި 234 މީހަކު ޖޫރިމަނާކޮށް ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ އިއްޔެ ހަ މީހަ...

25 May 2020 | 02:52

މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ފުރަބަންދުގެ ހާލަތާ ހިލާފުވެގެން އިއްޔެ އެކަނި 234 މީހަކު ޖޫރިމަނާކޮށް ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އިއްޔެ ހަ މީހަކު ހައްޔަރުކޮށްފައިވާއިރު މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު 282 އަކަށް އަރާފައިވާކަމަށެވެ. އަދި މިހާތަނަށް ޖޫރިމަނާކޮށްފައިވާ މީހުންގެ އަދަދު 5259 އަށް އަރާފައިވާކަމަށެވެ.

ލޮކްޑައުންގެ މި ހާލަތުގައި ހުއްދަ ނެތި ބޭރުގައި އުޅުމަކީ މަނާކަމެކެވެ. ޑެލިވަރީ ކުރުމަށާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ވަކި ހާއްސަ ހުއްދަތަކެއް ދޫކޮށްފައިވާއިރު ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުންނަން ޖެހެނީ ފުލުހުންގެ ޕޯޓަލް (police.mv/portal) މެދުވެރިކޮށް ވަގުތީ ހުއްދައެއް ނަގައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް