ރައީސް ނަޝީދާ ގުޅޭގޮތުން މީހަކު އިންޓަވިއުއެއް ދިން ވީޑިއޯއެއްގެ މައްސަލަ ބަލަން ފަށައިފި

ރައީސް ނަޝިދާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަ އިންޓވިއުއެއްގައި ދެއްކި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާކަމަށާއި ސާފުކުރަންޖެހޭ ކަންކަން މިހާރު ސާފުކުރަމުން އަންނަ ކަމަށް ފުލުހުން ...

25 May 2020 | 02:45

ރައީސް ނަޝިދާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަ އިންޓވިއުއެއްގައި ދެއްކި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާކަމަށާއި ސާފުކުރަންޖެހޭ ކަންކަން މިހާރު ސާފުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ފުލުހުން ބަލަން ފަށާފައިވާއިރު އެ ވީޑިއޯއަކީ ރ. އަނގޮޅިތީމު، ޖީޒާ، އަލީ އިބްރާހިމް ނަމަކަށް ކިޔާ މީހަކު ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވައި ދީފައިވާ އިންޓަވިއުއެއް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ. މި ވީޑިއޯއެއް މައްސަލަ މަޖިލީހުން ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގައެވެ.

މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭނާގެ އިންޓަރވިއު ގެނެސްދިން މީޑިއާއާ މެދު ޖިނާއީ ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވުމަށް އެދި، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ އިޖުރާއަތުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ފުލުހުންނަށް އެ މައްސަލަ ހުށައެޅުމަށް އޭރު ނިންމާފައިވާކަމަށެވެ.

މި ވީޑިއޯ ކުށްވެރިކޮށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިންވެސް ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ، ކީރިތި ޤުރްއާނާއި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމް ގެ ރިސާލަތު ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި، އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކާއި އަސާސްތައް މަތީ ދެމި ހުންނެވި މުސްލިމެއް ކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ދީނީ ޢަޤީދާ އާ ގުޅޭ ގޮތުން އެކިގޮތްގޮތުން ސުވާލު އުފައްދައި ރައްޔިތުންގެ މެދުގައި ރައީސް މުޙައްމަދު ނަޝީދާމެދު ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކަކީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދައާއި، ރުޅިވެރިކަމާއި ނަފްރަތު އުފައްދައި، ބުހުތާނު ދޮގުހަދައިގެން ވާހަކަ ދައްކައި ރައްޔިތުންގެ ހިތްތަކުގައި މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ މެދު ރުޅިވެރިކަން އުފެއްދުމަށް އެކުރަމުންގެންދާ ވިޔާނުދާ ޢަމަލުތައް ހުއްޓާލުމަށް އެ ޕާޓީން ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް