ކޯވިޑް-19ގެ މި ހާލަތުގައި ރާއްޖޭގައި ތާށިވެފައިތިބި އެކި ގައުމުތަކަށް ނިސްބަތްވާ މީހުން އެ ގައުމުތަކަށް ފުރުވާލުމަށް/ގެންދިއުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޗައިނާގެ ބަޔަކު ރޭގައި ފުރުވާލައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވަނީ ޗައިނާގެ އީސްޓަން އެއާއިލަންގެ ދެ ފްލައިޓެއްގައި ޗައިނާގެ ރައްޔިތުން ރޭގައި ފުރފައިވާކަމަށެވެ.
އެއް ފުލައިޓުގައި ފުރީ 138 މީހުން ކަމަށާއި އަނެއް ފްލައިޓުގައި 136 މީހަކު ފުރިކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
https://twitter.com/MACLmedia/status/1264598517059739649
ޗައިނާގެ ބަޔަކު ރޭގައި ފުރާފައިވާއިރު މިހާރު ހަމަ ކޮންމެ ދުވަހަކުހެން އެކި ގައުމުތަކަށް ނިސްބަތްވާ މީހުން އަންނަނީ ފުރުވާލަމުންނެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތްތަކެއްވެސް އެބަ ކުރިއަށްދެއެވެ.
އެ މަސައްކަތުގައި މިހާތަނަށް، ބަންގްލަދޭޝަށް ނިސްބަތްވާ ހާހެއްހާ މީހުން ފޮނުވާލެވިފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް