ކޯވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި ފުރަބަންދު އިއުލާނުކުރުމުން މެދުކަނޑާލި ޓެލިކިލާސްތައް މިއަދު ފަށަން ނިންމައި ޝެޑިއުލް ހާމަކޮށްފިއެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ޓެލިކިލާސްތައް މިއަދު ހެނދުނު 10:00 އިން ހަވީރު 05:30 އަށް ކުރިއަށްދާނެ ކަމަށެވެ. އެއީ ފައުންޑޭޝަން، ގްރޭޑް 3، ގްރޭޑް 5، ގްރޭޑް 7، ގްރޭޑް 8، ގްރޭޑް 9، ގްރޭޑް 10 އަދި ގްރޭޑް 11ގެ ދަރިވަރުންނަށެވެ. މި ކްލާސްތައް ކުރިއަށްގެންދަނީ ޔެސް ޓީވީ އަދި ދިވެހި ޗެނަލްގައެވެ.
https://twitter.com/MoEdumv/status/1264586040196468737
ކޮއްކޮމެންގެ ޓެލެކިލާސްތައް ސެޑިއުލްކޮށްފައިވަނީ ހަވީރު 05:00 އިން 05:30 އަށެވެ. ކުރިއަށްގެންދަން ނިންމާފައިވަނީ ދިވެހި ޗެނަލްގައެވެ.
https://twitter.com/MoEdumv/status/1264593540207669249
މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަން ކުރަން ނިންމަނީ މަރުހަލާ ތަކަކަށް ބަހާލައިގެންނެވެ. އެ މަރުހަލާތުގައި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމާއި، މީހުން ބޭރަށް ނިކުމެ އުޅުމަށް ހުއްދަ ދިނުމާއި، ވިޔަފާރިތަކާއި ކެފޭ ރެސްޓޯރެންޓްތައް ހުޅުވަން ހުއްދަ ދިނުމާއި، ސްކޫލު، އޮފީސްތައް ހުޅުވަން ހުއްދަ ދިނުން ހިމެނެއެވެ.
މި މަރުހަލާތަކުގެ ތެރެއިން، ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ މިހާރުވަނީ ދީފައެވެ. ޓެލެކިލާސްތައްވެސް މި ފަށަނީ ދޭ ލުއިތަކުގެ ތެރެއިންނެވެ.
ޓެލެކިލާސްތައް މިއަދު ފެށިނަމަވެސް ސްކޫލްތައް ހުޅުވާނީ ސްކޫލުތަކަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަމުގައި ކަށަވަރުކުރުމަށްފަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް