ހުޅުމާލޭގައި ހުންނަ އަމީން ހިޔާ ކަރަންޓީން ފެސިލިޓީގައި ތިބި ބިދޭސީން ކަމަކާ ހިތްހަމަނުޖެހިގެން އެތާނގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނާ ދިމާއަށް ގޮނޑިފަދަ ތަކެތި އުކައިފިއެވެ.
ފުލުހުން ބުނެފައިވަނީ މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށާއި މީހަކު ހައްޔަރުކޮށްފައިވެސް ނުވާކަމަށެވެ.
"ހަމަނުޖެހުމެއްގައި އެތަނުގައި ތިބި މީހުން އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނާ ދިމާއަށް ގޮނޑިފަދަ ތަކެތި އުކާފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފއިވަނީ ރޭގެ 08:50 ހާއިރު ހިނގި މި ހަމަނުޖެހުން ވާހަކަ ދައްކައިގެން މިހާރު ވަނީ ހައްލުކޮށްފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް