ކޯވިޑް-19 އަށް ރާއްޖެއިން 1371 މީހަކު ޕޮޒިޓިވް ވެފައިވާއިރު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 144 އަށް އަރައިފިއެވެ.
މި އަދަދު 144 އަށް އަރާފައިމިވަނީ މިއަދު އިތުރު 15 މީހަކު ރަނގަޅުވުމުންނެވެ. މިއާއެކު ރިކަވަރީ ރޭޓް މިވަނީ 10.50% އަށް އަރާފައެވެ.
މިއަދު ރަނގަޅުވި 15 މީހުންގެ ތެރެއިން 13 މީހުންނަކީ ދިވެހިންނެވެ. އަނެއް ދެމީހުން ނިސްބަތްވަނީ ލަންކާއަށެވެ.
ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 1371 މީހުން ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރެއިން 877 މީހުން (ގާތްގަނޑަކަށް 70%) މީހުންނަކީ ބިދޭސީންނެވެ. ޕޮޒިޓިވް ވެފައިވާ ދިވެހިންގެ އަދަދަކީ 494 (36 %) އެވެ.
މިހާރު 1221 މީހަކަށް ފަރުވާދެމުން އަންނައިރު މި ބަލީގައި މިހާތަނަށް ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް