މާލޭގައި މިރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓަކަށް ފަހު އެއް ސައިކަލު ދުއްވި މީހުން ފިލައިފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ އެމްއެމްއޭކައިރިން ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ.
އެކްސިޑެންޓުގެ ރިޕޯޓުކޮށްފައިވަނި މިރޭ 9:15 ހާއިރު އެވެ.
އެ އެކްސިޑެންޓުގައި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވެ އެވެ.
އަނިޔާވި ދެ މީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ. އެކަމަކު އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް