މާލޭ މޭޔަރު ޝިފާ އާއި އިންތިހާބީ މޭޔަރު މުއިއްޒު ބައްދަލު ކުރައްވައިފި

މާލޭ މޭޔަރު ޝިފާ މުހައްމަދު މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލު ކުރައްވައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ބޭއްވި މި ބައްދަލުވުމުގައި ދެ ...

25 Apr 2021 | 16:48

މާލޭ މޭޔަރު ޝިފާ މުހައްމަދު މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލު ކުރައްވައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވަނީ އިންތިހާބީ މޭޔަރާ މަގާމު ހަވާލުކުރުމުގެ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެ އެވެ.

ބައްދަލުވުމަށް ފަހު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމަށް ކުރިޔަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

https://twitter.com/MaleCitymv/status/1386278266781147136

ދެ ކެންޑިޑޭޓުންނާއި ވާދަ ކުރައްވައި މުއިއްޒު މާލޭ ސިޓީގެ މޭޔަރު ގޮނޑި ކާމިޔާބު ކުރެއްވީ 61 ޕަސެންޓު ވޯޓުންނެވެ. އޭނާ އާއި ވާދަ ކުރެއްވީ އެމްޑީޕީން އަނަސް އަބްދުއް ސައްތާރާއި އަމިއްލަ ގޮތުން އަލްހާން ފަހުމީ އެވެ.

މޭޔަރު ގޮނޑީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ނަގާފައިވަނީ ޑރ. މުއިއްޒު ނިސްބަތްވެވަޑައިގެންނަވާ އިދިކޮޅު ޕީޕީއެމްއިންނެވެ. އަލަށް އިންތިހާބުވި ކައުންސިލުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ފަހުކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް