މިފްކޯއަށް ބާރު ބޮޑުވެ ދޯނިފަހަރުން މަސް ކިރާވަރު ކޮންޓްރޯލްކޮށްފި

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މިފްކޯ އަށް ބާރުބޮޑުވުމުން ދޯނިފަހަރުން މަސް ކިރާ ވަރު ކޮންޓްރޯލް ކޮށްފި އެވެ. މިފްކޯއިން ބުނީ މިފިޔަވަޅު އަޅާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިފް...

25 Apr 2021 | 12:04

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މިފްކޯ އަށް ބާރުބޮޑުވުމުން ދޯނިފަހަރުން މަސް ކިރާ ވަރު ކޮންޓްރޯލް ކޮށްފި އެވެ.

މިފްކޯއިން ބުނީ މިފިޔަވަޅު އަޅާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިފްކޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ކޮންމެ މަސް ދޯންޏަކުން ކިރޭނީ ހަތަރު ޓަނަށްވުރެ އިތުރު ނުވާވަރަށް ކަމަށެވެ.

މިފްކޯ އިން ބުނީ މިދުވަސްވަރު އާދަޔާ ހިލާފަށް ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅު ކަމަށެވެ. މިހެން ވުމުގެ ސަބަބުން މިފްކޯގެ ޕްރީޒިން ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ލިބެމުން އަންނަ ކަމަށް ބުންޏެވެ.

މިފްކޯ އިން ބުނީ މި ވަގުތު ކިޔުގައި ތިބި ދޯނި ފަހަރުގެ މަސްކިރައި ފްރީޒް ކުރަން ވަގުތު ނަގަމުންދާ ކަމަށެވެ. އެކަމަކު މިގޮތަށް ހަމަޖެއްސި ނަމަވެސް ކޫއްޑޫ އާއި އައްޑޫގައި ކިޔު ނަންބަރު ދީފައި ތިބި ދޯނިފަހަރުގައި ހުރި މަސް ކޮންޓްރޯލް ކުރުމެއް ނެތި ގަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އާންމުގޮތެއްގައި ވެސް މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވާ ދުވަސްވަރު މަސްވެރިން ބާނާ މަސް ކިރުމުގައި ކެޕޭސިޓީ ނެތުމުގެ ބޮޑެތި އުނދަގޫތައް މިފްކޯ އަށް ކުރިމަތިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް