އިންޑިއާއަށް ދަތުރުތަކަށް ޓްރެވަލް އެޑްވައިޒަރީ ނެރެފި

ރާއްޖެއިން އިންޑިއާ ދަތުރު ކުރުމުގައި ޓްރެވަލް އެޑްވައިޒަރީ ނެރެފި އެވެ. އިންޑިއާއަށް ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް އިމިގްރޭޝަނުން ކަނޑައަޅާފައި މިވަނީ މިދިޔަ ހަފްތާއިން ފެށިގެން އިންޑިއާގެ ކޯވ...

25 Apr 2021 | 11:52

ރާއްޖެއިން އިންޑިއާ ދަތުރު ކުރުމުގައި ޓްރެވަލް އެޑްވައިޒަރީ ނެރެފި އެވެ.

އިންޑިއާއަށް ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް އިމިގްރޭޝަނުން ކަނޑައަޅާފައި މިވަނީ މިދިޔަ ހަފްތާއިން ފެށިގެން އިންޑިއާގެ ކޯވިޑްގެ ހާލަތު ކުއްލިއަކަށް ގޯސްވެފައި ވަނިކޮށެވެ. މިހާރު އެގައުމުން ދުވާލަކު ތިން ލައްކައަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވަމުން ދާއިރު މަރުވާ މީހުންގެ އަދަދު އުޅެނީ ފަސް ހާހުން މަތީގައި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ އިންޑިޔާގައި ކޯވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މި ވަގުތުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިންޑިޔާ އިން ރާއްޖެ އާދެވޭނީ 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަ ފަރާތްތަކަށް ކަމަށާއި އެނބުރި އެ ގައުމަށް ދިޔުމުގެ ކުރިން ވެސް ކޯވިޑް ޓެސްޓް ހަދަން މަޖުބޫރުވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިންޑިޔާ އިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ އެ ގައުމުގެ ރައްޔިތުން 24 ގަޑިއިރު ތެރޭގައި ޕީސީއާރް ޓެސްޓް ހެދުމަށް ފަހު 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ވާން ޖެހޭނެ ގޮތަށް މިމަހުގެ 22 ވަނަ ދުވަހު އިމިގްރޭޝަނުން ހަމަޖައްސާފައިވެ އެވެ.

އިންޑިޔާގައި ކޯވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ވެސް ވަނީ މިއަދު ފިޔަވަޅުތައް ހަރުކަށި ކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ސިޓީ ހޮޓާތަކުގައި އިންޑިއާ ޓޫރިސްޓުން ބޭތިއްބުން ވަނީ މަނާކޮށްފަ އެވެ.

ކޯވިޑް-19 އަށް ފަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިޔާ އިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ 22 ޕަސަންޓަކީ އިންޑިޔާ ރައްޔިތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް