މާލޭ ޖަލުން ކޯވިޑް-19 އަށް13 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ޕޮސިޓިވްވެފައިވަނީ މާލެ ޖަލުގެ އެނެކްސް އެކަކުން ނެގި ސާމްޕަލްތަކެއް ކަމަށެވެ. އެ 13 މީހުންނަކީ ގައިދީން ކަަމަށް ބުނެފަ ވެއެވެ.
މި ކޭސްތަކާއި ގުޅިގެން ކަރެކްޝަންސްއިން ވަނީ މާލޭ ޖަލުގެ ފިޔަވަޅުތައް ވަރުގަދަކޮށް ގައިޑްލައިންގައިވާ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ.
މާލޭ ޖަލުގެ އިތުރުން މާފުށީ ޖަލާއި، ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ އޮފިސަރުންތަކެއްވެސް ވަނީ ކޯވިޑަށް ޕޮސިޓިވްވެފައި އެވެ. އެހެންވެ އެ ދެ ޖަލުގައިވެސް ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ.
އަދި މާފުށީގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާތީ މާފުށީ ޖަލު އޮތީ އެލާޓަށް ގެނެސް ލޮކްޑައުން ކޮށްފަ އެވެ.
ކަރެކްޝަންސްގެ ދަށުން ބަލަހައްޓާ ޖަލުުތަކުގެ އިތުރުން ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބަލަހައްޓާ ދޫނިދޫ ޖަލުންވެސް ވަނީ ކޯވިޑް ކޭސްތަކެއް ފެނިފަ އެވެ. އެ ރަށުންވެސް 13 މީހަކު ޕޮސިޓިވްވެފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް