ގަރާޖަކާ ނުލާ ވެހިކަލް ރަޖިސްޓްރީކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

ގަރާޖެއް ނެތި ވެސް ވެހިކަލްތައް ރަޖިސްޓަރީ ކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފިއެވެ. އެއްގަމު ދަތުރުފަތުރުގެ ...

25 Apr 2021 | 09:58

ގަރާޖެއް ނެތި ވެސް ވެހިކަލްތައް ރަޖިސްޓަރީ ކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ، އެއްގަމު އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުވެގެންނުވާކަމަށެވެ. އަދި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނޑު ބާއްވާނެކަމުގެ ލިޔުން ހުށަހެޅުންވެސް ލާޒިމު ނޫންކަމަށް އިސްލާހުގައިވެއެވެ.

ކޮމިޓީން މިގޮތަށް މިއިސްލާހު ގެނެސްފައިވަނީ ބައެއް ފަރާތްތަކުން ބޮޑު އަގުގައި ގަރާޖު ލިޔުން ވިއްކަމުން ގެންދާ މައްސަލައަށް ހައްލެއް ގެންނަންޖެހޭކަމަށާއި، އެކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުން މުހިންމު ކަމަށް ކޮމިޓީއަށް ގަބޫލުކުރެވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް