ރޮޒޭ ވިދާޅުވަނީ ޕީޕީއެމް މެމްބަރުން އުޅެނީ "ޖޭ" ވެގެން ކަމަށް

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) މެމްބަރުން މަޖިލީހުގައި އަޑުގަދަކޮށް ކަންކަމާއި ދެކޮޅަށް ވާހަކަދައްކާ ހަދަނީ "ޖޭ" ވާތީ ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއ...

25 Apr 2021 | 09:49

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) މެމްބަރުން މަޖިލީހުގައި އަޑުގަދަކޮށް ކަންކަމާއި ދެކޮޅަށް ވާހަކަދައްކާ ހަދަނީ "ޖޭ" ވާތީ ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ކޮވިޑްގެ ހާލަތުގައި އިގްތިސާދު އެންމެ ރަނގަޅަށް ހިފެހެއްޓި އެއްގައުމަކީ ރާއްޖެ ކަމަށާއި، އަދި އިދިކޮޅުން ހީކުރިގޮތަށް ކަންކަން ނުދިއުމުން އެކަމާ "ޖޭ" ވެގެން އުޅޭކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ކޯވިޑް-19 ފެތުރޭ ބަލިމަޑުކަމުގެ މި ހާލަތުގެ ތެރޭގައިވެސް ތަރައްޤިގެ އެއްވެސް މަޝްރޫއެއް ހުއްޓުމެއް ނެތި މި ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށާއި، އަދި އެކަމާވެސް އިދިކޮޅު ފަރާތްތަކުން "ޖޭ"ވާ ކަމަށެވެ. މި ސަރުކާރު އައިތާ ދެ އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރުން ނުކުރާވަރަށް މަސައްކަތް ކުރާކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ އެކަމާވެސް އިދިކޮޅު ފަރާތްތައް "ޖޭ"ވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް