އިންޑިއާ ޓޫރިސްޓުން ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކުގަ ތިބުން މަނާކޮށްފި

ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުން ގެސްޓު ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ސިޓީ ހޮޓާތަކުގައި ތިބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން މަނާކޮށްފި އެވެ. މިގޮތަށް ހަމަޖެއްސީ އިންޑިއާގައި ހަލުވި...

25 Apr 2021 | 08:45

ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުން ގެސްޓު ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ސިޓީ ހޮޓާތަކުގައި ތިބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން މަނާކޮށްފި އެވެ.

މިގޮތަށް ހަމަޖެއްސީ އިންޑިއާގައި ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާތީ އިންޑިއާއިން ރާއްޖެއަށް ދަތުރު ކުރުމުގައި އަޅާ ހާއްސަ ފިޔަވަޅުތަކެއްގެ ގޮތުގައި އެވެ.

އެޗްޕީއޭ އިން މިއަދު އާންމު ކުރި އެންގުމުގައި ބުނެފައިވަނީ އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުން އަދި 24 ގަޑިއިރަށްވުރެ ގިނަ އިރު އެ ގައުމުގައި ޓްރާންސިޓުކޮށްފައިވާ މީހުން ހިމެނޭހެން ރާއްޖޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ޗެކްއިން ވުން ހުއްޓާލަން އަންގާ ކަމަށެވެ. އެކަމަކު ރިސޯޓުތަކާއި މީހުން ދިރިއުޅޭ ތަންތަނާ ވަކިން ހުންނަ ސިޓީ ހޮޓާތައް މީގެ ތެރޭ ނުހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އެންގުމުގައި ވާގޮތުން މިހާރު މިފަދަ ތަންތަނަށް ޗެކްއިން ވެފައި ތިބި އިންޑިއާ ޓޫރިސްޓުންނަށް ބުކިން ހަދާފައިވާ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނޯންނާނެ އެވެ. އަދި އިންޑިއާއިން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށްވެސް ހުރަހެއް ނެތް ކަމަށާއި ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރަން އަންނަ އިންޑިއާ ޓޫރިސްޓުން ފުރުމުގެ ކުރިން ޑިޕާޗާ ޕީސީއާރު ޓެސްޓެއް ހަދަންޖެހޭނެ ކަމަށް ބުނެ އެވެ.

އެޗްޕީއޭގެ އެންމެގުމުގައި ބުނެފައިވަނީ ކޯވިޑު ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް ރާއްޖެ އަންނަ މީހުންނާއި އިންޑިއާގައި ޓްރާންސިޓުގައި 24 ގަޑިއިރަށްވުރެ ގިނައިރު ހޭދަކޮށްފައިވާ މީހުން ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް އޮންނަން ޖެހޭޏެ ކަމަށެވެ.

އޭގެ އިތުރުން އެ ގައުމުން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާމިޓު ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރު ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމާއި 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ވެސް ވަނީ އަންގައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް