މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ މިއަދު ހަވީރު އައްޑޫސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އިމްރާން އައްޑޫ ސިޓީ އަށް ކުރައްވާ މި ދަތުރުފުޅަކީ ޕޮލިސް އެކެޑެމީގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ޒިޔާރަތުގައި މިނިސްޓަރު އިމްރާންގެ އަރިހުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله މަންނާނު ޔޫސުފް އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިނިސްޓަރު އިމްރާން މިދިޔަ މާރިޗު މަހު ވިދާޅުވެފައިވަނީ މިއަހަރުގެ ފަހުކޮޅު އައްޑޫގައި އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީގައި ފުލުހުން ތަމްރީނުކުރަން ފަށާނެ ކަމަށެވެ.
އިންޑިއާގެ އެހީގައި އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީގެ 89 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތް ރާތިޝް ދާދިފަހުން ވިދާޅުވެފައެވެ.
އައްޑޫގައި އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީއަކީ އިންޑިއާ ސިފައިންގެ މިލިޓަރީ ބެސްއެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރެއެވެ. ނަމަވެސް، ސަރުކާރުން އެކަން ދޮގުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް