އއ. މަތިވެރިން ފައްސިވި އަދަދު މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.
މަތިވެރީ ހެލްތް ސެންޓަރުން ބުނެފައި ވަނީ، އިއްޔެ އިތުރު 21 މީހުން ފައްސިވުމާއެކު، މިހާރު މަތިވެރިން ކޯވިޑަށް ފައްސިވި މީހުންގެ އަދަދު 118 އަށް އަރާފައިވާ ކަމަށެވެ.
މިހާތަނަށް އެރަށުން 248 ފަރާތެއް ސާމްޕަލްވަނީ ނަގައި، އޭގެ ތެރެއިން 117 ފަރާތެއްގެ ނަތީޖާވަނީ ނައްސިވެފައެވެ. އަދި ނަތީޖާ ނުލިބޭ14 ސުންކު ވާކަމަށް ބުންޏެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދަށް ބަލާއިރު، މާލެ ސަރަހައްދަށްވުރެ އަތޮޅުތެރެއިން ފައްސަިވި މީހުންގެ އަދަދު ގިނައެވެ. އެގޮތުން އިއްޔެ މާލެއިން 76 މީހަކު ކޮވިޑަށް ފައްސިވެފައި ވާއިރު، އަތޮޅުތަކުން 135 މީހުން ވަނީ ފައްސިވެފައެވެ.
މިވަގުތު ރާއްޖޭގައި ކޯވިޑް-19 އަށް 3،307 ބަލިމީހުން ފަރުވާ ކުރަމުން ދާއިރު، މިހާތަނަށް ރާއްޖެއިން 27،621 މީހުން ވަނީ ކޯވިޑަށް ފައްސިވެފައެވެ.
އއ އަތޮޅުން މޮނިޓަރިންގް އަށް ލާފައި ވަނީ މަތިވެރި އާއި ބޮޑުފޮޅުދޫއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް