މައިމީހާއަށް ކޯވިޑް ޖެހިފަ ހުއްޓަ ވިހެއި ތިން ކުއްޖަކު ވެންޓިލޭޓަރުގަ

މައި މީހާއަށް ކޯވިޑް-19 ޖެހިފަ ހުއްޓަ ވިހެއި ކުދިންގެ ތެރެއިން ތިން ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާ ޑރ. އަހްމަދު...

25 Apr 2021 | 05:50

މައި މީހާއަށް ކޯވިޑް-19 ޖެހިފަ ހުއްޓަ ވިހެއި ކުދިންގެ ތެރެއިން ތިން ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާ ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް ޖެހިފައިވާ އަންހެނުން ވިހެއި ގިނަ ކުދިންތަކެއް އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން ތިން ކުއްޖަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ތިން ކުދިންނަށް ވެންޓިލޭޓަރުގައި ފަރުވާ ދިނަސް ކޯވިޑަށް ނެގެޓިވްވެފައިވާ ކަމަށެވެ. އަދި ވަކިކޮށްގެން ކިއުބިކަލް ތަކުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނީ ކޮންޓެކްޓުންނަށް ވާތީ އެ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މިފަދަ ކުދިންނަށް ވަކިން ފަރުވާ ދިނުމަށް އެކަށީގެންވާ ވަރަށް ނަރުހުން ނެތް ކަމަށެވެ. އަދި މެޝިނަރީޒްފަދަ އާލާތްތައް ނެތުމުން ކަންކަން އިންތިޒާމް ކުރުމުގެ ހާލަތު ވަރަށް ގޯސް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯވިޑް ޖެހޭ އެއް މަހާއި ހަ މަހުގެ ކުދިން ގައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ވަރުބަލިބުން ހިމެނޭ ކަމަށެވެ. އަދި ކުދިންނަށް ލިބޭ ނަފްސާނީ ގެއްލުން ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

ޑރ. ފައިސަލްގެ ޓުވީޓުގައި ވިދާޅުވީ މިމަހުގެ 19 ވަނަ ދުވަހު އެކަނިވެސް ތިން މާބަނޑު އަންހެނަކު ކޯވިޑް-19 އަށް ރާއްޖެއިން ޕޮސިޓިވްވި ކަމަށެވެ.

https://twitter.com/Faisalnaifaru/status/1385981859348328452

ރާއްޖެއިން މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 27،621 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 24،234 މީހުން ރަނގަޅުވެފައިވާއިރު 71 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް