މި އަހަރުގެ ޖޫންއިން ފެށިގެން، ސިންގަލް ޔޫސް ޕްލާސްޓިކް ބައެއް ބާތަތްތަކެއް މަނާވާނެ ކަމަށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީން ބުނެފައި ވަނީ،2021 ޖޫން އިން ފެށިގެން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ތެރެއިން500 މިލިމީޓަރަށްވުރެ ކުދި، ބުއިމަށް ބޭނުންކުރާ ދިޔާތަކެތި ބަންދުކޮށްފައި ހުންނަ ޕީޓީއީ ފުޅި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާވާނެ ކަމަށެވެ.
އެއް ފަހަރު ބޭނުންކުރުން މަނާ ޕްލާސްޓިކްގެ9 ބާވަތެއް މިއަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ކުރާނެކަމަށް، މި އަހަރުގެ ފެބްރުއަރީ މަހު ރައީސް ޞާލިޙު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުމާއި ދެކޮޅަށް އެންވަޔަރަންމަންޓް މިނިސްޓްރީން، އެ މިނިސްޓްރީއާ ގުޅުންހުރި މުއައްސަސާތަކުން ކުރިއަށްގެންދާ "ޕްލާސްޓިކާ ނުލައި" ކެމްޕެއިން އިފްތިތާޙުކުރުމުގެ ހަރަކާތެއް މިރޭ ބޭއްވުމަށް އެ މިނިސްޓްރީން ހަމަޖައްސާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް