ގދ. ތިނަދޫ އަނެއްކާވެސް މޮނިޓަރިންގައި

ގދ. ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ތިނަދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށ...

25 Apr 2021 | 04:53

ގދ. ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ތިނަދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ތިނަދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ އެރަށުން ފެނުނު ޕޮސިޓިވް ކޭސްއާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ފެށިގެން ކުރިޔަށް ދާ ކަމަށެވެ.

އެކި ރަށްރަށުން މީހުން ދަތުރުކޮށްފައި ވުމާއި އެ ރަށުގެ ބައެެއް މީހުން ޕޮސިޓިވްވުމާއި ގުޅިގެން ތިނަދޫ ދޭތެރެ ދޭތެރެއިން މޮނިޓަރިންގެ ހާލަތަށް ގެނެ އެވެ. އެކަމަކު މިހާތަނަށް އެ ރަށުގައި ކޯވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައެއް ނުވެ އެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި 23 ރަށެއް އެބަ އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް