މާންދޫ ކްލަސްޓާ: ދެ ދުވަސް ތެރޭ ގަމާއި މާންދޫން ޕޮޒިޓިވް ވި އަދަދު 45 އަށް

ލ. މާންދޫން މީގެ ދެ ދުވަސް ކުރިން އުފެދުނު ކްލަސްޓާގައި ޕޮޒިޓިވް ވި ޖުމްލަ އަދަދު 45 އަށް އަރައިފިއެވެ. މި 45 މީހުންގެ ތެރޭގައި ހިމެނެނީ މާންދޫން ޕޮޒިޓިވް ވެފައިވާ 39 މީހަކާއި ލ. ގަމުން ޕޮޒިޓިވް ވެފައ...

25 Apr 2021 | 00:52

ލ. މާންދޫން މީގެ ދެ ދުވަސް ކުރިން އުފެދުނު ކްލަސްޓާގައި ޕޮޒިޓިވް ވި ޖުމްލަ އަދަދު 45 އަށް އަރައިފިއެވެ.

މި 45 މީހުންގެ ތެރޭގައި ހިމެނެނީ މާންދޫން ޕޮޒިޓިވް ވެފައިވާ 39 މީހަކާއި ލ. ގަމުން ޕޮޒިޓިވް ވެފައިވާ ހަ މީހެކެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި ޖުމްލަ އަދަދު 45 އަށް އަރާފައިވަނީ އިއްޔެ ނެގި 153 ސާމްޕަލްގެ ތެރެއިން 34 ނަތީޖާއެއް ޕޮޒިޓިވް ވެގެންނެވެ. އަދި ނަތީޖާ ނުލިބޭ 85 ސާމްޕަލް ވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް