ނަރުދޫއިން ކޯވިޑް-19 އަށް މީހަކު ޕޮސިޓިވް ވެއްޖެ

ށ. ނަރުދޫއިން ކޯވިޑް-19 އަށް މީހަކުު ޕޮސިޓިވް ވެއްޖެ އެވެ. އެ ރަށުގައި ބައްޔަށް ޕޮސިޓިވް ވެފައިވަނީ މި މަހުގެ16 ވަނަ ދުވަހު އެ ރަށު އަމާޒު ބޯޓުން މާލެއިން ދިޔަ މީހެކެވެ. މިކަން އެ ރަށު ކައުންސިލުން ވަ...

25 Apr 2020 | 10:27

ށ. ނަރުދޫއިން ކޯވިޑް-19 އަށް މީހަކުު ޕޮސިޓިވް ވެއްޖެ އެވެ.

އެ ރަށުގައި ބައްޔަށް ޕޮސިޓިވް ވެފައިވަނީ މި މަހުގެ16 ވަނަ ދުވަހު އެ ރަށު އަމާޒު ބޯޓުން މާލެއިން ދިޔަ މީހެކެވެ. މިކަން އެ ރަށު ކައުންސިލުން ވަނީ ދުވަހަށް ކަށަވަރުކޮށްދީފަ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ނަރުދޫ ކައުންސިލްގެ މެންބަރު މުހައްމަދު ނިޒާރު ވިދާޅުވީ އެމީހާ ކޯވިޑް-19 އަށް ޕޮސިޓިވްވިކަން އެޗްޕީއޭއިން އެންގީ މިއަދު ހެނދުނު ކަމަށެވެ. އަދި މިހާރު އެމީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ ކަންކަން ހަމަޖައްސަމުންދާކަމަށް އެޗްޕީއޭއިން ކައުންސިލާއި އެ ރަށު ޓާސްކް ފޯސްއަށް އަންގާފައިވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ އެމީހާ ބަލީގެ އަލާމާތްތައް ފެންނާތީ ރަށު ސިއްހީ މަރުކަޒަށް އެކަން އެންގީ މިމަހުގެ19 ވަނަ ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ އަމާޒު ބޯޓަކީ ށ. އަތޮޅުގެ ބައެއް ރަށްރަށަށް މަޑު ކުރާ ބޯޓެއް ކަމަށެވެ. އަދި އެ ދުވަހު ނަރުދޫގެ އެ ބޯޓުން ގާތްގަނޑަކަށް15 ވަރަކަށް އާއިލާ އެކި ރަށްރަށް ދިޔަ ކަމަށެވެ.

އެމީހާ ބައްޔަށް ޕޮސިޓިވްވިކަން އެޗްޕީއޭއިން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓުު ށ. ފުނަދޫއަށް ބަނދަރު ކުރެ އެވެ. އެބޯޓުން އެ ދަތުރުގައި ރަށްރަށަށް ދިޔަ މީހުން ގޭގައި ކަރަންޓީން ކުރުމުގެ މަސައްކަތް އެ އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ފަށާފައި އެވެ.

އެ ދަތުރުގައި އެ ބޯޓުގައި ނަރޫގެ އިތުރުން ށ. ފުނަދޫ، ޅައިމަގު އަދި މިލަންދޫ މީހުން ދަތުރު ކުރި ކަމަށްވެ އެވެ.

މިހާތަނަށް މާލެ ފިޔަވާ ކޯވިޑް-19 ޖެހިފައިވާ މީހުން ފެނިފައިވަނީ ހއ. އުލިގަމާއި ނަރުދޫއިންނެވެ. އުލިގަމުން ޕޮސިޓިވްވި މީހާއަށްވެސް ބަލި ޖެހިފައިވަނީ މާލެއިން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް