ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ރަނގަޅުވެއްޖެެ އެވެ.
ބަލިން ރަނގަޅުވެފައިވަނީ އިނގިރޭސިވިލާތުން އައިސް ކަރަންޓީން ފެސިލިޓީގައި ހުއްޓަ ވައިރަހަށް ޕޮސިޓިވްވި ދެ ދިވެހިންނެވެ. އެއީ ކޭސް ނަމްބަރު17 އާއި19 އެވެ.
އެޗްޕީއޭއިން ބުނީ18 ވަނައަށް ޕޮސިޓިވްވި ދިވެހި މީހާވެސް ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެކަމަކު ކުރިން ހާލަތު ހުރި ގޮތުން އިތުރު ޓެސްްޓެއް ހެދުމަށްފަހު ނޫނީ އޭނާ ދޫކޮށް ނުލާނެ ކަމަށް ވިދާޅުވިއެވެ.
އެ ތިން މީހުން ދޫކޮށްލުމުން ދެން ރާއްޖެއިން ބޭރުން އައިސް ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ފަރުވާ ދެމުންދާނީ ފިލިޕިންސްއިން އައި މީހުންގެ ތެރެއިން ބައްޔަށް ޕޮސިޓިވްވި މީހާ އެކަންޏެވެ. އެމީހާ ޕޮސިޓިވްކަން އެނގުނީ ކަރަންޓީނުން ދޫކޮށްލަން ހެދި ޓެސްޓު ތަކުންނެވެ.
ބަލީގެ އަލާމާތްތައް ފިލުމުން ދެ ފަހަރު ކޯވިޑަށް ޓެސްޓު ކުރެ އެވެ. އޭގެ ފަހުގައި ދެ ޓެސްޓު ނެގެޓިވް ވެއްޖެ ނަމަ އައިސޮލޭޝަންގައި ބައިތިއްބާ އޭގެ ފަހުން ދޫކޮށްލަނީ ކޯވިޑަށް ޓެސްޓުކޮށް ނެގެޓިވް ވެއްޖެ ނަމަ އެވެ.
ފިލިޕިންސް ކޭސް ފިޔަވާ މިހާރު ރާއްޖެއިން ބައްޔަށް ފަރުވާ ހޯދަމުންދަނީ މާލެއިން ޕޮސިޓީވްވި މީހުންނާއި ހއ. އުލިގަމުން ޕޮސިޓިވްވި މީހާ އެވެ. އެ އެންމެންގެ ހާލު ރަނގަޅެވެ.
މިހާތަނަށް ރާއްޖެއިން129 މީހަކު ވަނީ ކޯވިޑަށް ޕޮސިޓިވްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް